ވިޔަފާރި
އެކި ރަށްތަކުގައި އުރީދޫއިން ކުލަގަދަކޮށް އީދު ފާހަގަކޮށްފި
ޅ. ނައިފަރުގައި އުރީދޫއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ/ އުރީދޫ
އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މިއީ އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް ހަރަކާތްތައް ރޭވުމުގެ އަމާޒުގައި އުރީދޫއިން ކުރި ކަމެކެވެ. އެގޮތުން އުރީދޫ އީދު ހަދިޔާގެ ނަމުގައި އުރީދޫ ޓީމުން ވަނީ، ޢީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހާފަ އެވެ

މާލޭގައި މި ޢީދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއަށް، މި ހަރަކާތްތަށް ކުރިއަށް ގެންދިއުމުގައި އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެންސީއޭއާ ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، މާލި، ލަނގިރި، ބޮޑުބެރު، ސްޓޭޖް ޝޯ، ބޮޑުމަސް އަދި އާޓިސްޓުންގެ ޕެއިންޓިން ޝޯކޭސް ހިމެނެއެވެ.

އޭގެއިތުރުން، ނ. ލަންދޫގައި އުރީދޫއިން ވަނީ އީދު ފާހަގަކުރުމަށް މާލި ނެރުމާއި ލަނގިރި ޖެހުން ފަދަ ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ބ. ކެންދޫގައި ކުޑަކުދިންނަށް ޚާއްސަ ބަބުލް ޝޯއަކާއި ތަފާތު ގޭމުތައް ތައްޔާރުކޮށްފައިވެ އެވެ.

އީދު ފާހަގަކުރުމަށް ޅ. ނައިފަރުގައި ގިނަ ހަރަކާތްތައް ފެނުނުއިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރާއި ސްޓޭޖްޝޯއާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނު ކަމަށް އުރީދޫންއިން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު