ވިޔަފާރި
އެންވީޑިއާ އަދި އުރީދޫން އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީކުރަނީ
އެންވީޑިއާއެކު އުރީދޫ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި--ފޮޓޯ: އުރީދޫ
ދުނިޔޭގެ އެންމެ އަގުހުރި އެއް ޓެކްނޮލޮޖީ ކުންފުނި ކަމުގައިވާ އެންވީޑިއާ އާއި އުރީދޫ ޕާޓްނަރުންނަށްވެއްޖެ އެވެ.

މި ޕާޓްނާޝިޕަކީ އުރީދޫއިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވެވުނު ޕާޓްނާޝިޕެކެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހި ކޮށްދިނުމަށް އުރީދޫއިން މަސައްކަތްކުރަމުންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.

އުރީދޫއިން ބުނީ މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމަށް ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ.

މީގެއިތުރުން މިއީ މައުލޫމާތުތަކެއް ފޯރުކޮށްދީ، ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށް އުރީދޫ އިން ބުންޏެވެ.

"އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައިއަށް ޚާއްސަކޮށްފައިވާ އެންވީޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކުރުމާއެކު، އުރީދޫ ވާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަށް." އުރީދޫގެ ގްރޫޕް ސީއީއޯ އަޒީޒް އަލުސްމާން ފަހުރޫ ވިދާޅުވި އެވެ.

ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާއެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް މި އެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާ ގެ އެންމެ ފަހުގެ އޭއައި ޕްލެޓްފޯމް ލިބިގެންދާނެ އެވެ.

އުރީދޫގެ ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސާ ކޯ ޖީޕީޔޫ ބަހައްޓައިގެން މި ސަރަޙައްދުތަކަށް ޒަމާނީ އިންފްރާސްޓްރަކްޗާ، ވަސީލަތްތައް އަދި ސޮފްޓްވެއާތަކާއެކު އެންމެ ޒަމާނީ އޭއައި ޕްލެޓްފޯމެއްގެ ބޭނުން ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

މިކަމުގެ ސަބަބުން ޕްރޮސެސްތައް އިތުރަށް ފުރިހަމަވެ، އެކި ސިނާއަތްތަކުގައި އޮޕަރޭޝަނަލް މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ. އަދި އުރީދޫގެ ޖީޕީޔޫ ހިދުމަތާއި އެކު އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް ހިމެނޭނެ އެވެ.

"އުރީދޫއިން އިންފްރާސްޓްރަކްޗާ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާއި އެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދެނީ އެންވީޑިއާ އާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ އުރީދޫ ގެ ހިދުމަތްދޭ ސަރަޙައްދުތަކުގައި އޭއައި އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް. ލޯކަލް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ އިތުރުކޮށް، އޮޕްޓިމައިޒްޑް ޕާފޯމަންސް އަދި ކަސްޓަމައިޒޭޝަން އަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް،" އުރީދޫ މޯލްޑިވްސްއިން ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން އުރީދޫ ހިންގާ ގައުމުތަކުގައި އަމިއްލަ ކްލައުޑްތައް ގާއިމުކޮށް، އަމިއްލަ އޭއައި އީކޯސިސްޓަމްތަކާއި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް މަގުފަހިވެ، ޑޭޓާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެ އެވެ.

އުރީދޫއިން ވަނީ ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާއެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެންނަން ނިންމާފަ އެވެ. ހަމަ މިއާއެކު އުރީދޫއިން އިންފްރާސްޓްރަކްޗާ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާއިއެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫގެ ޑިޖިޓަލް އިކޯސިސްޓަމްގައި ޓެލެކޮމް ޚިދުމަތްތަކުގެ އިތުރުން ޑެޑިކޭޓެޑް ޑޭޓާ ސެންޓަރު ޕްލެޓްފޯމުތަކާއި، ވަޔަލެސް ޓަވަރުތަކާއި ފައިނޭންޝަލް ޓެކްނޮލޮޖީ އަދި ސަބްސީ ކޭބަލް ވެންޗާތަކަށް ޚާއްސަ މިނިވަން މުއައްސަސާތައް ހިމެނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު