ވިޔަފާރި
އިންޑިއާއަށް ފުރި މޯލްޑިވިއަންގެ ބޯޓެއް އަނބުރައި މާލެއަށް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދާން ދަތުރުފެށި މޯލްޑިވިއަންގެ ބޯޓެއް އެނބުރި ވީއައިއޭ އަށް ޖައްސައިފި އެވެ.

މޯލްޑިވިއަނުން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން މި ބޯޓު އަނބުރާ ވީއައިއޭއަށް ޖައްސާފައިވާއިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ދަތުރުވެރިން ދޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

މޯލްޑިވިއަނުން ބުނީ ޓްވިވެންޑަރަމަށް މިއަދު ފުރި ފްލައިޓް ކެންސަލް ކުރެވިފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. އަދި މޯލްޑިވިއަންގެ ޓީމުތަކުން މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ނަމަވެސް ދިމާވި މައްސަލަ އަދި ދެނެގަނެވިފައިނުވާ ކަމަށާއި، މައްސަލަ ދެނެގަނެވުމާއެކު އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު