ޚަބަރު
ސޯމާލިއާގެ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި
ލެއްގި ޑިންގީގައި ތިބި ތިން މީހުން.
ނ. ވަވައްޗަށް ލެއްގި ސޯމާލިޔާގެ 3 މީހުން ހުޅުމާލޭ އިމިގްރޭޝަން ފެސިލިޓީއާ ޙަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.

ފަޅުރަށެއް ކަމަށްވާ ނ. ވަވަތި އަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

"ސޯމާލިއާ ތިން މީހުން މިއަދު ވަނީ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައި،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

މީގެކުރިންވެސް ސޯމާލިޔާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ.

ސޯމާލިޔާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކަނޑުފޭރުމުގެ ހާދިސާތަށް ގިނަ ނުރައްކާތެރި ހިސާބެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު