ޚަބަރު
ކޮންމެހެން ބޭނުން ކަމެއްގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރަން އެދިއްޖެ
ރޯގާ ފެތުރޭތީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ޒިޔާރާތް ނުކުރުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އިރުޝާދު ދީފައިވެ އެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކުލިނިކެއް މިދިޔަ ބުދަ ދުވަހު ހުޅުވާފައެ 

ހައްޖާޖީން ރާއްޖެ އަންނަ މި ދުވަސްވަރަކީ ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ފެތުރެމުން އަންނަ އާންމު ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ހައްޖާޖީން އަންނަން ފެށިފަހުން ރާއްޖެއިން ވަނީ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ވެސް ފެނިފަ އެވެ.

ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އައި ފަހުން ނުރައްކާތެރި ހުމެއް ކަމަށްވާ މެނިންގޯކޮކަލް ބަލީގައި ވަނީ ނިޔާވެފަ އެވެ. ރާއްޖެއިން އެ ބަލި ފެނުމާ ގުޅިގެން ވެސް އިދާރާތަކުން ދަނީ އިތުރަށް ސަމާލުވުމަށް އަންގަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު