ޚަބަރު
ވިއްސާރައިގައި އައިޖީއެމްއެޗް ކައިރީ ހުރި ފާރެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެެ
އައިޖީއެމްއެޗް ކައިރީ ހުރި ފާރެއް ވެއްޓިފައި - ފޮޓޯ: ދައުރު
މިހާރު ކުރަމުންދާ ވިއްސާރާގައި މިރޭ މާލެއަށް ވައި ގަދަވެ އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ފަޅީގައި ދިރާގު ހެޑް އޮހީހުގެ ފަހަތަށް ވާގޮތަށް ހުރި ފާރެއް ވެއްޓިއްޖެ އެވެ.

އެއީ ހޮސްޕިޓަލުގެ އިމަޖެންސީ ބަޔަށް ވަންނަން އޮންނަ މަގާ ދިމާލުން ޕާކިން ޒޯން ކައިރީ ޖަހާފައި ހުރި ފެންސެކެވެ.

އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންނާއި ވިލިމާލޭގައި ދިރިއުޅޭ މީހުން ވެސް ބޭނުންކުރާ ޕާކިން ޒޯންގައި ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް އެ ފެންސުގެ ދަށުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ވައިގަދަވެގެން ފާރެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވީއިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

ހއ. އިން ފެށިގެން ތ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެ، މެޓުން ބުނީ އެ ސަރަހައްދުގެ އަތޮޅުތަކުގެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު