ޚަބަރު
މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި
މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވަނީ މިއަދު މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު އިރުއޮއްސި ހައެއް ޖެހުމާހަމައަށެވެ.

މޫސުމާ ބެހޭ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިދިޔަ ހަފުތާގައި ވެސް މުޅި ރާއްޖެ އަށް ބޯކޮށް ވާރޭ ވެހި، ވައި ގަދަވެ، އެކި ހިސާބުތަކުގައި ފެން ބޮޑުވެ، އެކި ވަރުގެ ގެއްލުންތައްވެފައިވެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނި ގޮތުގައި، ވިއްސާރާގައި 13 ރަށަކުން 77 ގެއަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި މާލެއަށް ކުރި ވިއްސާރާގައި އިމާރާތްތަކަށާއި ހިފައި ގެންގުޅޭ ތަކެއްޗަށް 819،549ރ. ގެ ގެއްލުން ލިބިފައިވެ އެވެ. މާލޭގެ 41 ގެއަކަށް ގެއްލުން ލިބުނެވެ.

ވިއްސާރާގައި އެންމެ ބޮޑަށް އަސަރު ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި ޅ. ކުރެންދު އާއި ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދު އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު