ޚަބަރު
މާދަމާ ސަރުކާރު ބަންދަސް، މާދަމާ މަޖިލިސް އޮންނާނެ.!
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

މާދަމާ އޮންނަ 20 ވަނަ މަޖިލީހުގެ 28 ވަނަ ޖަލްސާގެ އެޖެންޑާ ވަނީ މަޖިލީހުން މިހާރު އާންމުކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުމާއި މިހާރު މަޖިލީހުގައި އޮތް ތިން ބިލަކަށް ބަހުސް ކުރުމުގެ އިތުރުން ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުން ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ރާއްޖެއަށް މޫސުން ގޯސްވެ، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު އޮފީސްތައް ބަންދު ކުރަން ރައީސް ނިންމެވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ދަތުރުފަތުރުކުރުމާއި ހިނގާބިނގާވާން ދަތިވާނެތީ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު