ޚަބަރު
އުދަ އަރާފާނެތީ ސަމާލުވާން އަންގައިފި
މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓްއިން ލަފާކުރާ ގޮތުގައި މޫސުން އެންމެ ބޮޑަށް ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.

މެޓުން ބުނީ ކަނޑުތައް ވެސް ގަދަވެފައި ރާޅުގެ އުސްމިން މިއަދު ހުންނާނީ އަށް ފޫޓާއި 11 ފޫޓުގައި ކަމަށެވެ.

"ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓުން ނެރުނު ސަމާލުގައި ބުންޏެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

މި ވިއްސާރާގައި މާލެއަށް ވެސް ވަރަށް ބޮޑަށް ވާރޭ ވެހުނެވެ. މާލޭގެ 183 ގެއަކަށް ފެން ވަދެ 43 ގެއެއްގައި ވެލި ބަސްތާ ޖަހަން ޖެހުނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު