ޚަބަރު
ހއ އިން އދ އަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ އިން އދ އަށް ރީނދޫ ސަމާލު ނެރެފި އެވެ.

މެޓުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް (ހއ. ހދ. ށ. ނ. ރ. ބ. ޅ. ކ. އއ. އދ. ވ) ހަވީރު 17:00 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށް ކަމަށެވެ.

މެޓުން ބުނީ، މި ވަގުތުތަކުގައި ބޯކޮސް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވެގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން ބައެއް ރަށްތަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެސް ވެފަ އެވެ.

މެޓުން ބުނި ގޮތުގައި މިއީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިހާރު މި ކުރާ ގަދަ ވިއްސާރަ އަލިވި ނަމަވެސް ހުޅަނގު މޫސުން ޑިސެމްބަރާ ހަމައަށް ދިގުލައިގެން ދާނެ ކަމަށް އެ އޮފީހުން މީގެކުރިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު