ޚަބަރު
މެޓް އޮފީސްތައް ތަރައްގީކޮށް، މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އަޅަނީ
މެޓްގެ އޮފީސްތައް ތަރައްގީކޮށް، ނ. މާފަރުގައި މުޅީން އަލަށް މެޓް އޮފީހެއް އެޅުމަށް އެއްބަސްވަނީ
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)ގެ އޮފީސްތައް ތަރައްގީކޮށް، ނ. މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އެޅުމަށް އެންވަޔަމެންޓް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަމެންޓް މިނިސްޓަރު ވަޒީރު، ތޯރިޤް އިބްރާހިމް "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމަކީ އދ. ގެ އެންވަޔަރަމެންޓް ޕްރޮގްރާމް މެދުވެރިވެގެން ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް) އާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން ހުޅުލެ، ހދ. ހަނދިމާދޫ، ގދ. ކައްދޫ އަދި އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ހުރި މެޓް އޮފީހުގެ ވަސީލަތްތައް އަޕްގްރޭޑް ކުރެވޭނެ ކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ. އަދި، ނ. މާފަރު އެއާޕޯޓުގައި ފުރިހަމަ ވަސީލަތްތަކާއެކު މެޓުގެ އޮފީހެއް އެޅުމަށް ހަމަޖެހިފައިވާ ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމަކަށްވުމުން، ގުދުރަތީ ބޮޑެތި ކާރިސާތައް ދިމާވާ ދަނޑިވަޅުތަކުގައި، އެ ދަތިތަކުން އަރައިގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މެޓުން މީގެ ކުރިން ފާހަގަކޮށްފައިވެ އެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު