ޚަބަރު
ރާއްޖޭގެ ފެނާއި ނަރުދަމާ ތަރައްގީކުރުމަށް ތުރުކީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ތުރުކީއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --
ރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްގީ ކުރަން ދިވެހި ސަރުކާރުން ތުރުކީ ސަރުކާރާ އެކީ އެއްބަސްވުމެއްގައިސޮއިކޮށްފި އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ތުރުކީއިން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެގޮތުން އެއްބަސްވުމުގެ ތެރެއިން ފެނާއި ނަރުދަމާގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމާއި، ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު