ޚަބަރު
މަސްވެރިންގެ ދަފުތަރު އެކުލަވާލުން އަވަސް ކުރަނީ
މަސްވެރިންގެ ފުރިހަމަ ގައުމީ ދަފްތަރެއް އެކުލަވާލުމަށް މިހަފްތާ ބަންދުގައި ވުޒާރާގެ ޓީމުތައް އެކި ރަށްރަށުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވައިފި އެވެ.

މިނިސްޓްރީން ބުނީ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މިނިސްޓަރީގެ މި ހަފުތާ ބަންދުގައި އެކި އަތޮޅުތަކުގައި މިިނިސްޓްރީގެ ޓީމުތަކެއް ހަރަކާތްތެރިވާނެ ކަމަށެވެ.

މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވެއެވެ. އަދި މިހާތަނަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މައުލޫމާތުކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު