ޚަބަރު
މޯލްޑިވިއަންގެ އެއާބަސް ބޯޓަކަށް މައްސަލައެއް ދިމާވެއްޖެ
މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޯޓަށް އަނެއްކާވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބަންގްލަދޭޝްގެ ޑާކާ އަށް މިއަދު ކުރަން އޮތް ދަތުރު ކެންސަލް ކޮށްފި އެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ މާލެއިން ޑާކާއަށް ދިއުމަށް މިއަދު ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓް Q2-502 ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ، ޑާކާ އަށް އެ އެއާލައިނުން ދާން ކަނޑައެޅި ދަތުރު ކުރުމާއި ތާށިވި މީހުން އެހެން އެއާލައިންތައް މެދުވެރިކޮށް ދަތުރުތައް ހަމަޖައްސައި ދެމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން އިން މިވަގުތު އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ބާއްވަނީ އޭޓީއާރް ބޯޓުތަކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު