ޚަބަރު
އެމްއެމްޕީއާރުސީގެ ޑީއެމްޑީގެ މަގާމުން ބައްސާމް ވަކިކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމް އާދަމާއި އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު އިބްރާހިމް އާސިމް (އައިބީ) ވަޒީފާއިން ވަކިކޮށްފިއެވެ.

މި ދެބޭފުޅުން މަގާމުން ވަކިކުރިކަން ކަށަވަރުވީ ނަމަވެސް  މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެކަން ސަރުކާރުން އަދި ހާމަކޮށްފައިއެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ސަރުކާރުން ފުރަތަމަ އައްޔަންކުރި ފާތިމަތު މުހައްމަދު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަންކޮށްފައިވަނީ އިބްރާހީމް ޝިއުރީ އެވެ. އެ ކުންފުނީގެ ބޯޑުގެ ޗެއާމަަންގެ މަގާމުގައި ހުންނެވި ނޫރައިން އަލީ ޖަނާހުވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 

ނޫރައިން މަގާމުން އިސްތިއުފާދެއްވައި ފޮނުއްވި ސިޓީއެއްގައި ކުންފުނީގެ ހިންގުމުގައި ބައްސާމް ހިމެނޭހެން އެއިރުގެ މެނޭޖުމެންޓުން އަމަލުކުރަމުން އައި ގޮތުގައި ހުރި ގިނަ ގޯސްތަކެއްވަނީ ފާހަގަކޮށްފަ އެވެ. 

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު ހުންނެވީ ރާއްޖޭގެ ކުރީގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު