ވިޔަފާރި
މިދިޔަ މަހު މީރާއަށް ދެ ބިލިއަން ރުފިޔާ ބަލައިގެންފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 28.8 ޕަސަންޓު ދަށްވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.05 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ %28.8 ދަށް އަދަދެއް ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެއީ 748 މިލިއަން ރުފިޔާ ނުވަތަ 36.49 އިންސައްތަ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 629 މިލިއަން ރުފިޔާ ނުވަތަ 30.69 އިންސައްތަ އެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 81.6 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 524 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 76.57 މިލިއަން ޑޮލަރު ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު