ވިޔަފާރި
މިދިޔަ މަހު މީރާގެ އާމްދަނީ 2.30 ބިލިއަނަށް
މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.30 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 93.1 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރުވެފައި ވަނީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އަދަދުތައް:

  • ޓޫރިޒަމް ލޭންޑް ރެންޓު: 15.7 ޕަސަންޓު
  • ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ: 10.0 ޕަސަންޓު
  • އާމްދަނީން ނަގާ ޓެކްސް: 7.6 ޕަސަންޓު
  • އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 4.4 ޕަސަންޓު
  • އެހެނިހެން ޓެކުހާއި ފީ: 17.8
މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 102.05 އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު