
އުމުރުން 81 އަހަރުގެ ބައިޑެން އެނބުރި ވަޑައިގަތުމަށް ވެހިކަލަށް އަރާވަޑައިގެން "ރަނގަޅު" ކަމުގެ ނިޝާން އަތުން ދައްކަވާލެއްވުމަށް ފަހު ވިދާޅުވީ "ހާލު ރަނގަޅު" ކަމަށެވެ.ވައިޓް ހައުސް އިން ބުނީ ބައިޑެންގެ ނޭފަތުން ފައިބައި ކެއްސައި އަދި އިތުރު އެހެން ބައެއް އުނދަގޫތައް ވާތީ ކޮވިޑް ޓެސްޓް ހެއްދެވީ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު ބައިޑެން ވަޑައިގަތީ ޑެލަވެއާގައި ހުންނަ އޭނާގެ ބީޗް ހައުސް އަށް ކަމަށާއި ހުންނެވީ އައިސޮލޭޝަންގައި ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ގޮވާލާ އަޑުތައް ގަދަވެ އެންމެ ފަހުން ބައިޑެން ވަނީ ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާނަމަ ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާނެ ކަމަށް ދާދި ފަހުން ވިދާޅުވެފަ އެވެ.