ޚަބަރު
ޓެރަރިޒަމްގެ ތަހުގީގުތައް މެނޭޖް ކުރުމާ ގުޅޭ ކޯހެއް ދިވެހި ފުލުހުންނަށް އެމެރިކާއިން ހިންގައިދީފި
އެމެރިކާގެ އެހީގައި ޓެރަރިޒަމްގެ ކުށްތަކުގެ ތަހުގީގުތައް މެނޭޖް ކުރުމާ ގުޅޭ ކޯހެއް ދިވެހި ފުލުހުންނަށް ހިންގައިފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ "މެނޭޖްމަންޓް އޮފް ޓެރަރިސްޓް އިންވެސްޓިގޭޝަން" ކޯސް ފުރިހަމަ ކުރި ފުލުހުންނަށް މަރުހަބާ ދަންނަވައިފަ އެވެ.

އެމެރިކާ އާއި ރާއްޖެ އަމާން ތަނަކަށް ހެދުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ވެސް އެމެރިކާ އެމްބަސީން ބުނެފައިވެ އެވެ.

ޕޮލިސް ކޮލެޖުން ބުނީ ކޮމްޕްލެކްސް އިންވެސްޓިގޭޝަންތައް ޑައިރެކްޓް ކުރުމަށް ކޮންމެހެން ބޭނުންވާ ސްޓްރެޓެޖިކް ޕްލޭނިން އަދި މެނޭޖްމަންޓް ހުނަރުތައް އެ ކޯހުން ފުލުހުންނަށް ލިބުނު ކަމަށެވެ.

ހަފުތާއަކަށް ދެމިގެންދިޔަ އެ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދިނީ ޔޫއެސް އެމްބަސީގެ އެކްޓިންގް ޑެޕިއުޓީ ޗީފް އޮފް މިޝަން، އަނަންޑް ކްރިޝްނާ އެވެ. އެ ކޯސް ކުރިއަށް ގެންދިޔައީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް އާއި ޔޫއެސް އެންބަސީ ގުޅިގެންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު