ޚަބަރު
ތަހުގީގަށް ކުޑަކަމުދާތަކެތި ނުދިން މީހަކު އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި މައްސަލާގައި އެއް އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްޔެ އިއްވީ އައްޑޫ ހިތަދޫ، ޔެލޯވިލާ އަދުނާނު، 54، ގެ މައްޗަށެވެ.

އޭނަގެ މައްޗަށް ހުކުމް އިއްވި އިރު ދައުވާއަށް އިންކާރުކޮށްފައިވެ އެވެ. އަދި ކުޑަކަމުދާތަކެތި ދޭން ފުލުހުން އެދިފައި ނުވާ ކަމަށާއި އެކަން އޭނާ އަށް އަންގާފައި ވެސް ނުވާ ކަމަށް ކޯޓުގައި އަދުނާން ބުނެފައިވެ އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ ކުށް ސާބިތުވާ ކަމަށް މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް ނިންމަވާފައި ވެއެވެ. ކުށުގެ އަދަބެއްގެ ގޮތުގައި އަދުނާން އެއް އަހަރު ދުވަހުގެ މުއްްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު