ޚަބަރު
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް ހަދިޔާ ކޮށްފި
ނަސްރުﷲގެ މެޑަލް ނައިބު ރައީސަށް ހަދިޔާކުރުން -- ފޮޓޯ/ ރައީސް އޮފީސް
އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮތް ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް ނަސްރުﷲ އަހުމަދު، އޭނާގެ 95 ވަނަ މެޑަލް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފަށް މިއަދު ހަދިޔާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މެރަތަންގައި ނަސްރު ބޭނުން ކުރި ޖޯޒީ ވެސް ހަނދާނެއްގެ ގޮތުގައި އޭނާ ވަނީ ނައިބު ރައީސަށް ހަދިޔާ ކޮށްފަ އެވެ.

ނަސްރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ދުވުންތެރިޔާ އަށް ވުމެވެ. އެ އަމާޒު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ބަދަލެއް ނުވެ ކުރިއަށް ދިއުމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ މިއަދު ނަސްރު އަށް ހިތްވަރު ދެއްވާފަ އެވެ.

މެރެތަންގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް 1999 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށްޓެވި ނަސްރުالله 2018 ވަނަ އަހަރު އެކަނި ވެސް 13 މެރެތަންގައި ބައިވެރިވެވަޑައިގަތެވެ. އަދި އެ ހުރިހާ މެރެތަނެއް ވެސް ކަނޑައެޅިފައިވާ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ނިންމަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަސްރުاللهގެ ފާހަގަކޮށްލެވޭ އިތުރު ކާމިޔާބީތަކުގެ ތެރޭގައި 2020 ވަނަ އަހަރު އިންޑިއާގައި ބޭއްވި ހިންދުސްތާން މެރެތަނުން އެއްވަނަ މަގާމު ހޯއްދެވުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު