ޚަބަރު
ޕީއެންސީ މެމްބަރުންނަށް ރައީސް ފައިސާދެއްވިކަމަށް ބުނާ ހަބަރު ދޮގުކޮށްފި
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: މެމްބަރުންނަށް ފައިސާ ބަހަމުންދާ ވާހަކަ ކުރިން ވެސް ދޮގުކުރޭ
ރައީސްއަށް ނިސްބަތްކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި އޮންލައިން ނޫހަކުން ދޮގު ޚަބަރު ފަތުރާފައިވާތީ، ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް މުއިއްޒު އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫހަކުން ޝާއިއުކުރި ހަބަރެއްގައިވަނީ ރައީސް، އެ މަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް 75،000 ރުފިޔާ ދެއްވާކަމަށް ބުނެފަ އެވެ.

އެ ހަބަރު ދޮގުކުރައްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވަނީ "ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު" ހަބަރެއް ކަމަށެވެ.

ހިނާ ވިދާޅުވީ ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނިސްބަތްކޮށް ފާޅުގައި ގޮދު ހަބަރު ފަތުރަމުންދާތީ، އެފަދަ ފަރާތްތަކާމެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު