ޚަބަރު
ހެންވޭރުގައި ހުރި ކެފޭއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާންްގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ.
ހ ދޫހިމެރިގޭގައި ހަދާފައި ހުރި ކެފޭއެއްގެ ބަދިގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ނިއްވާލައިފި އެވެ.

މި ހާދިސާއާ ގުޅޭ ކުރު ތަފްސީލެއް ދެމުން ފުލުހުން ބުނެފައި ވަނީ ދޫހިމެރި މަގާއި ސޯސަންމަގު ކަންމަތީގައި ހުރި ކެފޭއެއްގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އަލިފާން ރޯވެފައި ވަނީ ކެފޭގެ ދެވަނަ ފަންގިފިލާގަ އެވެ. ބެލެވޭ ގޮތުގައި އެއީ ކެފޭގެ ބަދިގެ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ. 

އެމްއެންޑީއެފްއާއި ފުލުހުންގެ އެހީގައި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައި އެވެ. އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އެންޑީއެމްއޭގެ އޮފިޝަލަކު ވެސް މީޑިއާތަކަށް ދެންމެ ވިދާޅުވީ މި ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި ހަ ދިވެހިން އިވެކުއޭޓްކޮށްފައިވާ ކަމަށެވެ. އެއީ ކޮންކޮން ބައެއްތޯ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެއީ ކޮން ބައެއްތޯ ޔަގީން ވުމުން އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު