ޚަބަރު
ކަނޑުއޮތްގިރި ލިބުނީ ބިމެއް ދޫކޮށްލައިގެނެއް ނޫން
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބޭނުންކުރި ކ. ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރީ، އެމްއެންޑީއެފްގެ ދަށުގައިވާ އެއްވެސް ބިމެއް މިފްކޯއަށް ދޭގޮތަށް ނޫންކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރަމުން އައި މަސައްކަތްތަކަށް ހުޅުމާލެ އިން ބިމެއް ހަމަޖައްސަން ނިންމާފައިވާތީ، އެމްއެންޑީއެފަށް އެ ރަށް ދޫކޮށްލިކަން ފިޝަރީޒް މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ. އެ ބަދަލާ ގުޅިގެން ކަނޑުއޮތްގިރީގެ މަސައްކަތްތައް މިހާރު ވަގުތީ ގޮތުން ފެލިވަރަށް ބަދަލުކުރުމުގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ. 

ކަނޑުއޮތްގިރި އެމްއެންޑީއަށް ދޭން ނިންމީ ސިފައިންނަށް ކުރީގެ ސަރުކާރުން ދީފައި އޮތް 120،000 އަކަފޫޓުގެ ބިމެއް މިފްކޯއަށް ދޭގޮތަށްތޯ ސުވާލު އުފައްދައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ގައްސާން މިއަދު ވިދާޅުވީ އެ ކަނޑުއޮތްގިރި އެމްއެންޑީއަފަށް ލިބުނީ އެތަނުގެ އެއްވެސް ބިމެއް އުނި ނުވެ ކަމަށެވެ.

"ކުރިއަށް ދިވެހި ގައުމު. ކުރިއަށް ދިވެހި ސިފައިން،" މާރިޔާގެ ޕޯސްޓަށް ޖަވާބު ދެއްވާ ގައްސާން ލިޔުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު