ޚަބަރު
ރާއްޖެއިން ޗައިނާއާއެކު އަސްކަރީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފި
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖުންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން 11 ވަނަ ބެއިޖިން ޝިއަންގްޝަން ފޯރަމްގެ ހަވާސާގަ އެވެ.

މި ފޯރަމަކީ އޭޝިޔާ ޕެސިފިކް ގައުމުތަކުގެ އަސްކަރީ ދާއިރާގެ ވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެކެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ ވަފުދާ އެކު ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު