ޚަބަރު
ގެއްލުނު ބޯޓު ފެނިއްޖެ؛ އޮތީ އިންޖީނު ހުއްޓިފައި
ލ. ގަމުން ފުރިފަހުން އެއްވެސް ހަބަރެއް ނުވެގެން ހޯދަމުންދިޔަ އަކުރިސް ބޯޓު. - ފޮޓޯ/ފޭސްބުކް
ހަބަރެއް ނުވެގެން ހޯދަމުންދިޔަ ލ. އަތޮޅުގެ ބޯޓު ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުންދިޔައީ ލ. ގަމުން މާލެއަށް ފުރި އަކްރިސް ކިޔާ ބޯޓެކެވެ. އެ ބޯޓުގައި 14 މީހުން ދަތުރު ކުރި އެވެ.

އެ ބޯޓު ލ. ގަމުން ފުރައިގެން މާލެއަށް ދަތުރު ފެށީ އިއްޔެ ފަތިހު އެވެ. އަދި ބޯޓުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓުކުރީ ރޭ 7:10 ހާއިރު އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އެ ބޯޓު ފެނުނީ މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. ކޯސްޓް ގާޑުގެ އިންޓަސެޕްޓާ ކްރާފްޓް 'މާފަތް' ލޯންޗަށް އެ ބޯޓު ފެނުނުއިރު އޮތީ އިންޖީނު ހުއްޓިފަ އެވެ.

އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު