ޚަބަރު
ގައުމީ ސަލާމަތަށް ގެންނަ އެއްޗެހިން ދެން ޑިއުޓީއެއް ނުނަގާނެ
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ސަލާމަތީ ހިދުމަތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ މަޢާފްކުރުން ހިމަނާ އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާ އުސޫލަށް އިސްލާހުގެނެސްފި އެވެ.

ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުން ރައީސް އަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް މި އިސްލާހު ގެނައީ އާދިއްތަ ދުވަހު އެވެ.

ކުރިން ގަވާއިދު އޮތް ގޮތުން އެތަކެތިން 35 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.

އެ އުސޫލަށް މި އަހަރުގެ ކުރީކޮޅު ވެސް އިސްލާހެއް ގެނަ އެވެ. އެ ފަހަރު ހަތިޔާރާއި ވަޒަނާއި އެ އެއްޗެހީގެ ބައިތަކާއި އެ އެއްޗެއްސާ ގުޅޭ ބައިތަކުން ޑިއުޓީ މައާފު ނުކުރެވޭ ގޮތަށް ބަދަލުކުރި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ސަލާމަތީ ހިދުމަތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން މީގެކުރިންވެސް ޑިއުޓީ މައާފްކޮށްދެމުންދާ ކަމަށެވެ. އެހެން ނަމަވެސް ޑިއުޓީ މާފްކޮށްދެމުން އައިސްފައިވަނީ ގައުމީ ދިފާއީ ބާރުން އެކަމަށް އެދި ލިޔުން ފޮނުވުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު