ޚަބަރު
ވައިގެ މަގުން ރާއްޖެ އެތެރެކުރި 11 ކިލޯގެ ކެނަބިސް އަތުލައިގަނެފި
ކޫރިއާ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި--- ފޮޓޯ/ ކަސްޓަމްސް
ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ، ވައިގެ މަގުން އެތެރެކުރަން އުޅެފައިވަނީ 3 ބާވަތެއްގެ މަސްތުވާތަކެތި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކެތިނޯން، ކެނެބިސް އަދި ހެރޮއިންކަމަށާއި، މި ތަކެތީގެ މަގުމަތީ އަގު 9.86 މިލިޔަން ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ވިދާޅުވި އެވެ.

ދެ ދުވަހެއްގެ މަތިން ކަސްޓަމްސްއިން އަތުލައިގަތް 11.62 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 9.86 މިލިއަން ރުފިޔާ އަރަ އެވެ.

ކަސްޓަމުން މި އަހަރު ތެރޭގައި ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ކެނަބިސްގެ އިތުރުން އެހެން ބާވަތުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު