ޚަބަރު
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ނެދަލޭންޑްސް މީހަކު ހައްޔަރުކޮށްފި
ޑްރަގް -- ފައިލް ފޮޓޯ
ޕާޓީ ޑްރަގްސްގެ ހަ ކިލޯ ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ނެދަލެންޑްސްގެ މީހަކު ހައްޔަރުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ، ދޯހާ މަގުން ރާއްޖެއައި މި މީހާގެ ލަގެޖުގެ ތެރެއިން ހަ ޒިޕްލޮކް ބޭގު ފެނިފައިވާއިރު، އޭގައި ހަ ރަބަރު ޕެކް އޮތް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އުމުރުން 30 އަހަރުގެ މި މީހާގެ އަތުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށް، އެ މީހާގެ 15 ދުވަހަށް ބަންދުކުރަން ކުރި އަމުރު ރިޕޯޓުން އެނގެ އެވެ.

މި މީހާއަކީ ރާއްޖެއަށް ޗުއްޓީއަށް އައި މީހެއް ކަމަށް އޭނާ ބުނެ އެވެ. އޭނާ ބުނި ގޮތުގައި ލަގެޖް ޕެކް ކުރީ އޭނާއެއް ނޫނެވެ. އަދި ލަގެޖަށް މަސްތުވާތަކެތި ލީ، ލަގެޖް ޕެކް ކުރި މީހުން ކަމަށް އޭނާއާ ހަވާލާދީ ބަންދު އަމުރު ރިޕޯޓުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު