ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
މުސްލިމުންގެ ގިނަ ބަޔަކަށް ގުދުސްގެ ނަން މެނުވީ ނެނގޭ ކަހަލަ: ހުތުބާ
އިބްރާހިމް އާދަމް
16 އޯގަސްޓް 2024 - 14:08
0
comments
Tweet
Telegram
ގުދުސް އަކީ ޔަހޫދީންގެ ބިމެއްކަން ސާބިތުކޮށްދޭން ކިތަންމެ ވަރަކަށް އުޅުނަސް އެއީ ފަލަސްތީނުގެ ބިމެއް ކަމަށާއި މުސްލިމުންގެ ގިނަ ބަޔަކަށް ވެސް ގުދުސްގެ ނަން މެނުވީ ނެނގޭ ކަހަލަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން ކަމަށާއި އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށެވެ. އެއީ ހުރިހައި މުސްލިމުންގެ މައްސަލައެއް ކަމަށެވެ.
މި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަޤްޞަދުގައި ހިންގަމުންދާ ޖަރީމާއެއް ކަމަށާއި އެއީ ބައިނަލްއަޤްވާމީ ހުރިހައި ޤާނޫނުތަކާއި ގަރާރުތަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ ޢުދުވާނެއް ކަމަށް ބުނެފައިވެ އެވެ.
ގުދުސުގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށާއި އެއީ މުސްލިމުންގެ ބިމެއް ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.
"މިއަދު މުސްލިމުންގެ ގިނަ ބަޔަކަށް ޤުދުސްގެ ނަން މެނުވީ ނެނގޭ ކަހަލަ އެވެ. ޒަޔަނިސްޓުންގެ އަޑުގަދަ ދުންމާރިއާއި މީޑިޔާގެ ޒަރީޢާއިން އެއީ ޔަހޫދީންގެ ބިމެއްކަމުގައި ސާބިތުކޮށްދެވޭތޯ މަސައްކަތްކުރިޔަސް އެއީ ހަމަ މުސްލިމުންގެ ބިމެކެވެ. ފަލަސްޠީނު މީހުންގެ ބިމެކެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންގެ ހީލަތްތެރި ރޭވުމުގެ ދަށުން، ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، އިސްލާމީ ހިލާފަތު ވައްޓައިލައި، ފަލަސްތީނު އިނގިރޭސި ވެރިކަމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ޔަހޫދީންގެ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން، ފަލަސްޠީނުގައި އެ މީހުންނަށް ވަޒަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން، ޔަހޫދީން ހޯދީ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ފަލަސްޠީނުގެ ގާޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރި ކަމެއް ކަމަށާއި މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދާކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
އިތުރަށް ކިޔާލަން:
ގާޒާއިން ޝަހީދުވި އަދަދު 40000 އިން މައްޗަށް
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
5 ދުވަސް ކުރިން
0
ގާޒާއިން ރައްޔިތުން ބާލައި، އިޒްރޭލުގެ އިސްތިއުމާރީ ޕްލޭން ރާއްޖޭން ކުށްވެރިކޮށްފި
9 ދުވަސް ކުރިން
0
އެމެރިކާގެ އެހީގައި ގާޒާއަށް ދޭ ހަމަލާތައް އަދިވެސް ވަރުގަދަކުރަނީ
17 ދުވަސް ކުރިން
0
ނަޞްރުގެ މައްސަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
14 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
20 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
22 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
22 ގަޑިއިރު ކުރިން
0