
ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ހުރިހާ ސިޔާސީ ލީޑަރުންގެ ޒިންމާ ބޮޑުއިރު މާލީ ހާލަތާ ގުޅޭ ކަންކަން ރައްޔިތުންނަށް ސާފުކޮށް ދޭންޖެހޭ ކަމަށެވެ."މާލީ ހާލަތު މި ހިސާބަށް ދިޔަ ގޮތާއި، ދެން ވެދާނެ ކަމަށް ލަފާ ކުރެވޭ ގޮތާއި އަދި އަރައިގަތުމަށް އަމަލުކުރަން ރާވާފައި އޮތް ގޮތްތައް ސާފު ބަހުން ރައްޔިތުންނަށް ކިޔައިދޭންޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް މިއަދު ކުޑަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.