
ރައީސް އޮފީހުން ބުނި ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހާއި 11ވަނަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.އަދި މި ފޯމުތަކާއި އިޤްރާރު، ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވެސް އިއުލާނުގައިވެ އެވެ.ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ޝަމީމް އިސްތިއުފާ ދެއްވިކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުންވެސް ހާމަކޮށްފައިވަނިކޮށެވެ.ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަންޖެހެ އެވެ.