ޚަބަރު
މާލީ ބަޣާވާތާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ މީހުން ފުލުހުން ދެނެގަންނަނީ
ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު
ބޭންކް އޮފް މޯލްޑިވްސް އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގުޅިގެން އާދީއްތަ ދުވަހު ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކުރާ ބަގާވަތަށް 72 ގަޑިއިރަށް ވުރެ ގިނަ ވަގުތު ވެގެންދިޔައިރު ވެސް ފިޔަވަޅު އަޅަން ޖެހޭ ބަޔަކު އަދިވެސް ހޯދިފައި ނުވާކަން ފުލުހުން ބުނެފި އެވެ.

ބީއެމްއެލް މެދުވެރިކޮށް ބަގާވާތަކުން ސަރުކާރުން ވައްޓާލަން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ 21:04 ގަ އެވެ. އެކަމަކު އަދިވެސް އެ ބަގާވާތުގެ އަޑީގައި ހުރި ބަޔަކު ދަނެނުގަނެވޭ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ބަޣާވާތް ކުރަން އުޅުނު ކަމަށް ބުނެ ފުލުހުން ތަހުގީގެއް ފެށީ ހޯމަ ދުވަހުއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފުސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއް ވާނަމަ، އެކަން ދެނެގަތުމާ އެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް އެއްކޮށް ކަނޑާލަން ނިންމާފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބީއެމްއެލުން ބަދަލުކުރިއިރު، ސަރުކާރުން ވަނީ ބީއެމްއެލުން އެ ނިންމުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގުމާއި ހިލާފަށް ކަމަށް ބުނެފަ އެވެ. އަދި މިކަމަކީ ރާއްޖެއަށް މާލީ ބަޣާވާތެއް ގެންނަން ކުރި ކަމެއް ކަމަށްވެސް ސަރުކާރު ހިންގާ ޕީއެންސީން ތުހުމަތު ކޮށްފައިވެ އެވެ.

މިއީ ސިޔާސީ ކަމެއް ކަމަށް ތުހުމަތުކޮށް، އިދިކޮޅު އެމްޑީޕީން ވަނީ މި މައްސަލައިގައި ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު