ޚަބަރު
ސްޕޯޓްސް ކާރު ދުއްވި ވިސާމް ޝަރީއަތް ނިމެންދެން ބަންދަށް
ސަމާހު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ވިސާމް: އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ
ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން  މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ވިސާމް ސިދުގީ، ވައިލެޓުފޮތި، ސ. ހިތަދޫ އެވެ. އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށްވެ އެވެ.

ވިސާމް ދުއްވި ކާރުން ޖެހުނީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު ގައިގަ އެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސަމާހު ވަނީ މަރުވެފަ އެވެ.

ރޭގެ އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.

މި އެކްސިޑެންޓާ އެކު، ސަރުކާރުން ވަނީ ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނުތައް އިސްލާހު ކުރުމަށް ނިންމާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު