ޚަބަރު
ދައުވަތު ދީގެން ކޮޓަރިއަކަށް ގެންގޮސް ބައިލައްކަ ރުފިޔާ ފޭރިއްޖެ
ކޮޓަރިއަކަށް ގެންގޮސް ކޭޝްކާޑާއި 53،000ރ. ފޭރުމުގައި އިސްކޮށް އުޅުނު އަންހެން މީހާ.-- ފޮޓޯ: ޕޮލިސް
ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރު ކޮށްފި އެވެ.

ޕޮލިހުން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން މަލްޖާ، ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސް އަކަށް އެ ފިރިހެން މީހާ ގެންދިޔަ ކަމަށެވެ.

ގެންގޮސް ދިވެހި އެހެން ފިރިހެނަކާ ބައިވެރިވެގެން، އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000ރ. ފޭރިގެންފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ.

ފުލުހުން ބުނީ މި އަންހެން މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. 

އެ މައްސަލަ ފުލުހަށް ހުށައެޅުމުން މި މައްސަލާގެ ތުހުމަތު ގައި 27 އަހަރުގެ ދިވެހި އަންހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު