ޚަބަރު
ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އުސޫލުގެ ތެރެއިން ނައްތާލާފައިވާ އުޅަނދުތަކެއް: ފުލުހުން
ފުލުހުން ވެހިކަލްތަކެއް ބޭލުމުގެ ބަދަލުގައި ވެހިކަލްތައް ވެހިކަލުން ވައްޓާލަނީ - ފޮޓޯ؛ ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އުސޫލާ އެއްގޮތަށް ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމުގައި ކަން ހިނގިގޮތް ސާފުކޮށްދޭން ފުލުުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ، އޮންނަ އުސޫލުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަ އުޅަނދުތަކަކީ ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހާރު މި އުޅަނދުތައް އޮންނަ އުސޫލުގެ ތެރެއިން ނައްތާލެވިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

ނައްތާލާފައިވާ އުޅަނދުތައް:

• ދެ ފުރޮޅުލީ - 247 އުޅަނދު
• ހަތަރު ފުރޮޅުލީ - 29 އުޅަނދު
• ބައިސިކަލް - 223
• އެމްބިއުލާންސް - 1

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ފުލުހުން ޓޯކުރާ ވެހިކަލްތަކަށް ލިބޭ ގެއްލުމަށް ފުލުހުން އެއްވެސް ގޮތަކަށް ޒިންމާވާކަށް ނުޖެހެ އެވެ. މީގެ ކުރިން ފުލުހުން ޓޯކުރާ ބައެއް ވެހިކަލްތަކަށް އެކި ވަރުގެ ގެއްލުން ވެފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު