ޚަބަރު
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ހުއްޓުވައިފި
މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ޤާނޫނާއި ޤަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ ފުރަތަމަ އޮޕަރޭޝަން މި މަހުގެ ތިން ވަނަ ދުވަހު ހިންގާފައިވާއިރު، މި އޮޕަރޭޝަނުގައި "ޓްރާންސްފަރ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައިވާ ކަމަށެވެ.

އަދި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމްއެމްއޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔަރ ވިޔަފާރި ކުރާތަން ބަލައިފާސްކޮށްފައިވާ ކަމަށާއި އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެތަނަކީ އެމްއެމްއޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ބާތިލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް އެހެން ތަންތަންވެސް ބަލާފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާނެކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު