ޚަބަރު
މުދަލު ޒަކާތް ބަހަން ފަށައިފި، ބޮލަކަށް 4،000 ރުފިޔާ
މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށެވެ. އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު 4،000 ރުފިޔާ ބޮލަކަށް ޖެހެ އެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަގިރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށްފަހު ޝަރުތު ހަމަވާ މީހުންނަށް ފައިސާ ޖަމާކުރަމުންދަނީ އެ މީހުންކގެ އެކައުންޓުތަކަށެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3،183 މީހުންނަށެވެ. 

މި އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 9،353.40 ރުފިޔާ އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު