ޚަބަރު
ކ. މާލެ ކިޔުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް: މިނިސްޓަރު
ގާނޫނުއަސާސީގައި ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ "ކ. މާލެ" ކަމަށް ލިޔެފައި ނެތުމުން، އެގޮތަށް ލިޔުމާއި ކިޔުން ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށެވެ. އަދި ކ. އަތޮޅަށް ނަން ދީފައިވަނީ ވެސް މާލެ އަތޮޅުގެ ނަމުންނެވެ.


މާލެ، ކ. އަތޮޅުގައި އޮތަސް، އެއީ ވެރިކަންކުރާ ރަށަށް ވާތީ ލިޔާއިރު ކުރިއަށް ކ. އިތުރުކޮށް ކ. މާލެ ލިޔެއް ނޫޅޭ ކަމަށާއި، ސަރުކާރުގެ ގިނަ ރަސްމީ ލިޔުންތަކުގައި އެގޮތަށް "ކ. މާލެ" ލިޔެފައި ނޯންނަ ކަމަށް، ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފު ވިދާޅުވި އެވެ.

"އެހެންވީމާ، ކ. މާލެ ލިޔުމަކީ އަދި ކިޔުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފަށް ކުރާމެކެވެ. މިހާރަކަށް އައިސް ކ. މާލެ ލިޔުމާއި ކިޔުން އަންނަނީ އިތުރުވަމުންނެވެ. މިއީ ކުޑަ ކަމެއް ނޫނެވެ. ރަނގަޅު ކުރަން ޖެހޭ ކަމެކެވެ.،" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު