ޚަބަރު
މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ
މަގުބައްތިތަކުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފި އެވެ. 

މި ގޮތަށް ނިންމެވީ އިއްޔެ ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މި ކަމާ ގުޅުން ހުރި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން ކުރެއްވި މަޝްވަރާތަކަކަށް ފަހުގަ އެވެ.

މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު އުމަރުގެ އިތުރުން ފިނޭންސް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަފީޤާއި، އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހީމާއި، ފެނަކައިގެ އެމްޑީ މުޢާޒް މުޙައްމަދު ރަޝީދާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓް ދޫކުރެވިފައިވާ މަގުބައްތިތަކަށް ދާއިމީ ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތީ ހައްލެއް މިއަހަރުތެރޭ ހޯދާ ގޮތަށް ވަނީ ނިންމާފައި އެވެ.

މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަކީ، މުހިންމު ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނިންމެވީ ރައްޔަތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ޓަކައެވެ.

ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކުރުމުގެ މަސައްކަތް ފެނަކައިން ފަށާފައި ވަނީ ދާދި ފަހުން ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ޒުވާނަކު ނިޔާވުމާ ގުޅިގެންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މީގެ ކުރިން ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އާތު ލީކޭޖް ސާކިޓް ބްރޭކަރު ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު