ޚަބަރު
ހދ. ހިރިމަރަދޫ މީހުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެދިއްޖެ
ހދ. ހިރިމަރަދޫ ކައުންސިލަރުންނާއި ކައުންސިލްގެ މުވައްޒަފުން ލޯކަލް ގަވަނަންސް މިނިސްޓްރީގައި
ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވާން ބޭނުންވާކަން ސަރުކާރަށް އަންގައިފި އެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އާއި ހިރިމަރަދޫ ކައުންސިލްގެ މެންބަރުންނާ މިއަދު މާލޭގައި ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު މިނިސްޓަރު ވަނީ ކައުންސިލުން ބޭނުންވާ ގޮތް "އެކްސް"ގައި ޕޯސްޓްކުރައްވައިފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ރައްޔިތުން ނިންމާފައިވާ ކަމަށް މިއަދުގެ ބައްދަލުވުމުގައި އެ ރަށު ކައުންސިލްގެ މެންބަރުން ވިދާޅުވި ކަމަށެވެ.

އަދި، އެ ރަށުގެ ރައްޔިތުން ބަދަލުވާން ބޭނުންވަނީ ކ. ތުލުސްދުއަށް ކަމަށް މިނިސްޓަރު ވަނީ ހާމަކުރައްވައިފަ އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެކެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު