
މިއަދު ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާގައި އައްބާސް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި 85 މެމްބަރުންގެ އިއްތިފާގުންނެވެ.ޕީޖީގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހުގެ 22ގައި އިސްތިއުފާ ދެއްވަމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހުން އޭނާ ވަކިކުރަން ނިންމާފައި ވަނިކޮށެވެ.ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.