
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮމާސް، މަޖީދު ބިން އަބްދުالله ބިން އުސްމާން އަލްޤަޞާބީއެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައުދީގެ ކޮމާސް މިނިސްޓަރު ވަނީ، ސައީދާ ބައްދަލުކުރައްވައި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށާއި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ސައުދީ އަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެކެވެ. އެގޮތުން ސައުދީ ފަންޑުން ދާދިފަހުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރާއްޖެ އަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.