ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި
އައިމިނަތު ޝިޔާޒާ
06 އޮކްޓޫބަރ 2024 - 12:32
0
comments
Tweet
Telegram
ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ ދެކަނބަލުން މިހިނގާ އޮކްޓޯބަރުމަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުއިއްޒު، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސް މުއިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްގީއަށް މުހިންމު ހުރިހާ ގައުމަކާވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި
2 ދުވަސް ކުރިން
0
އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަންޖެހޭ: ރައީސް
4 ދުވަސް ކުރިން
0
މަތީ ތައުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކަކަށް ހަދަނީ
4 ދުވަސް ކުރިން
0
އަހަރުގެ މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް ވަނީ މާރުކޮށްފައި: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިއަދާއި މާދަމާ ވެސް މާލޭގައި އީދު ހަވީރު އޮންނާނެ
2 ގަޑިއިރު ކުރިން
0
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
18 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
1 ދުވަސް ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
1 ދުވަސް ކުރިން
0