ޚަބަރު
ރާއްޖޭގެ ދަރަނީގެ ކަންކަމަށް ލަފާ ހޯދަން އެމެރިކާގެ ސެންޓާވިއު ހަމަޖައްސައިފި
ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައިން އަރައިގަންނަން މާލީ ލަފައާއި ފަންނީ އެހީތެރިކަން ހޯދަން ސަރުކާރުން އެމެރިކާގެ ފާމެއް ކަމަށްވާ ސެންޓަވިއު އައްޔަންކޮށްފިއެވެ.

މާލީ ލަފާ ހޯދުމުގެ އެއްބަސްވުމެއްގައި ސެންޓަވިއުއާއެކު ރާއްޖެއިން ސޮއި ކުރިކަން ހާމަކޮށްފައި ވަނީ ބައިނަލްއަގްވާމީ އެޖެންސީ ރޮއިޓާސް އިން އެ ނޫހުގެ ދެ މަސްދަރާ ހަވާލާދީ އެވެ.  

އިންވެސްޓްމަންޓާއި މާލީ ލަފާދޭ ސެންޓަވިއު ޕާޓްނާސްއަކީ 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.

އެމެރިކާގެ ނިއު ޔޯކާއި ކެލިފޯނިއާގެ އިތުރުން، އިނގިރޭސިވިލާތުގެ ލަންޑަން އަދި ފްރާންސްގެ ޕެރިހުގައި ސެންޓަވިއުގެ އޮފީސްތައް ހިންގަ އެވެ. އެ ފާމުގެ ކްލަޔަންޓުންގެ ތެރޭގައި ޑިސްނީ، އީބޭ، ޕެރަމައުންޓާއި ޑޫޕޯންޓް އަދި ޓްރިމްބްލް ހިމެނެ އެވެ.

ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކްލީ ގެރެންޓީޑް ދަރަނި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ 118 ޕަސެންޓެވެ. ދަރަނީގެ ބޮޑު ބަޔަކީ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު