ޚަބަރު
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
މުޅިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ކެމްޕޭނެއް މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ފައްޓަވާފަ އެވެ. 

މި ކެމްޕޭނަށް ހިތްވަރުދިނުމުގެ ގޮތުން އެމްޕީއެލް އިން އެކަނި އެއް މިލިއަން ގަސް އިންދަން ނިންމައިފި އެވެ.

ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްއިން ވަނީ އެއް މިލިއަން ގަސް އިންދުމުގެ ވައުދުގައި ސޮއިކޮށް، މި ލިޔުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާ ހަވާލުކޮށްފަ އެވެ.

އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތުގެ ތެރެއިން އެމްޕީއެލްއިން ވަނީ މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމައިފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ގަސް އިންދުމަށް ޕްލެޖްކުރީ އެމްޕީ.ލް ކަމަށެވެ. އަދި މިކަމަކީ އެމްޕީއެލްގެ ފަދަ އެސްއޯއީއަކުން އިސްނަގައިގެންކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭން ވައުދުގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު