ޚަބަރު
އެވިޑުން ކިޔަވައިދޭން ނުފަށާ، އެއްބަސްވުމާއި ގުޅޭ ގޮތުން ޝަކުވާ ކުރުމުގައި..!
އިންޓަނޭޝަލް ސުކޫލެއް ހިންގަން އެވިޑަށް ދޫކުރި އިމާރާތް - ފޮޓޯ: އެވިޑް
ކެމްބްރިޖް އާއި ގުޅިގެން "އެވިޑް އިންޓަނޭޝަނަލް ސުކޫލު" ގެ ނަމުގައި ހއ. ހޯރަފުށީގައި ސުކޫލެއް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފަ އެވެ.

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި ޕްރީ ސްކޫލެއް އިމާރާތްކުރަން ނިންމައި އެ ތަނުގެ ބިންގާ އެޅީ 31 މާޗް 2022 ގައި އެވެ.

އެމްޓީސީން މިހާރު ވަނީ ހޯރަފުށީގައި ޕްރީ ސްކޫލު އިމާރާތްކޮށް ނިންމާފަ އެވެ. އެމްޓީސީސީން އިމާރާތުގެ މަސައްކަތް ނިމުމާއިއެކު، ހޯރަފުށީ ޕްރީ ސްކޫލަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1.1 މިލިއަން ރުފިޔާގެ އެހީ ހަދިޔާކުރީ 21 މެއި 2023 ގައި އެވެ. 

"ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލުގައި ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހުރެ އެވެ. މި ސްކޫލުގެ ކިޔެވުން 2024 ވަނަ އަހަހރު ދިރާސީ އަހަރު ފެށޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ކުރިން ބުނި ނަމަވެސް އެކަން ވަނީ ނުވެފަ އެވެ. 

ހޯރަފުށީ ކައުންސިލުން މި ސުކޫލު ހިންގަން ހަވާލުކޮށް ގެން އުޅެނީ "އެވިޑް ކޮލެޖް" އާއި އެވެ. ނަމަވެސް އެ ސުކޫލުގައި ކިޔެވުން ނުފެށި ލަސްވަމުންދާތީ ރަށުގެ ރައްޔިތުންގެ ކަަންބޮޑުވުމާއި ޝަކުވާ އަންނަނީ ލިބެމުން ނެވެ.

އައުޓްޑޯ ޕްލޭ އޭރިއާގެ ތަކެއްޗާއި ފަރުނީޗަރު ވެސް ހއ. އަތޮޅު ކައުންސިލުން ހަދިޔާކޮށްފައިވާއިރު ސުކޫލުގެ ކްލާސްރޫމްތަކާއި ކިޔަވައިދިނުމަށް ބޭނުންވާނެ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައި އެވެ. އަދި މި ސުކޫލު ފެށުމަށް ބައެއް މުދައްރިސުން މިފަހުން ނެގި ނަމަވެސް ކިޔެވުން ނުފެށި ލަސްވާ މައްސަލައިގައި ހޯރަފުށީ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

ކެމްބްރިޖް އާލީ ލާނާސް ކަރިކިއުލަމަށް ކިޔަވައިދޭ އިންޓަނޭޝަަނަލް ސްކޫލެއް ހެދުމަށް ކައުންސިލާއި އެވިޑް ކޮލެޖާއިއެކު ވީ އެއް ބަސްވުމުގެ މައުލޫމާތު ހުރި މީހަކު "ހޯރަ" އަށް ބުނީ އެވިޑުން އަދި ވެސް ހިސާބު ޖަހަނީ އެމީހުންނަށް ލިބޭނެ މާލީ މަންފާއާއި ގުޅޭ ގޮތުން ކަމަށެވެ. 

އަދި އެވިޑްގެ ބައެއް ޑިމާންޑްތައް ހުރީ ހޯރަފުށީ ކައުންސިލުން އެ ސުކޫލުގައި ކިޔަވައިދޭ ޓީޗަރުން މުސާރައިގެ "ބައެއް" ގައި ނަމަވެސް ހިފުމަށެވެ. މި މައްސަލާގައި އެވިޑަށް ގުޅުމުން ފޯނަށް ޖަވާބް ނުދޭތީ އެމީހުންގެ ބަހެއް އަދި ނުލިބެ އެވެ.

2024 ވަނަ އަހަރު އެ ސުކޫލުގައި ކިޔަވައިދޭން ފަށަން އެވިޑުން މަސައްކަތް ކުރި ނަމަވެސް އެކަން މިހާތަނަށް ފެށިފަ އެއް ނުވެ އެވެ. މި އަހަރު ނިމެން ބާކީ އޮތޯ ދެން ދެ މަހެވެ.

ހޯރަފުށީގައި ޕްރީ ސްކޫލެއް ނެތުމާއި ކުރިން 11 އަދި 12 އަށް ކިޔަވައިދެމުން ދިޔަ ރަށުގައި މިހާރު އެކަން ވެސް ހުއްޓިފައިވާތީ ދަރިންނަށް ތައުލީމު ދިނުމަށް މިފަހުން ރަށް ދޫކޮށް ގިނަ އާއިލާތަކެއްވަނީ މާލެ ބަދަލުވެފައި އެވެ. 

އިތުރަށް ކިޔާލަން: އެމްޓީސީސީން ހިލޭ އިމާރާތްކޮށްދީ، އުއްޗު 1.1 މިލިއަން ދީގެން ވެސް ޕްރީ ސްކޫލު ނުފެށުނު!


ކިޔުންތެރިންގެ ޝުއޫރު
60%
10%
15%
15%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު