ވިޔަފާރި
އުއްޗު އާއި ޗަމްޕާ އަފީފާ ސާޓާގެ ހާއްސަ އެވޯޑު ހަވާލުކޮށްފި
ޗަމްޕާ ދެބެއިންނަށް ސަޓާގެ ފޭސް އޮފް ސައުތު އޭޝިއާ އެވޯޑް ހަވާލުކުރުން -- ފޮޓޯ/ ހައިރައިޒް
ފަތުރުވެރިކަމުގެ ދާއިރާގައި އޭޝިއާ ސަރަހައްދުން ހޯދާ ކާމިޔާބީތަކާއި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑް ޗަމްޕާ ދެބެއިންނަށް މިއަދު ދީފިއެވެ.

އަފީފުގެ ރިސޯޓު މީރު މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެގައި އެ އެވޯޑު އެ ދެބޭފުޅުންނާ ހަވާލު ކޮށްދެއްވީ ސަޓާގެ ނައިބު ރައީސް ސޫރަޖް ހާން އެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ އެ ފަދަ އެވޯޑެއް ލިބުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށާއި، އެ އެވޯޑް ދެއްވީތީ ޝުކުރު އަދައިކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަފީފް ވެސްވަނީ މި އެވޯޑް ލިބުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ ބޭބެ [އުއްޗު] މަސައްކަތްކޮށްދީފައިވަނީ މި ގައުމަށާއި ރައްޔިތުންނަށް އެންމެ ހެޔޮ ގޮތްތައް ހޯދައިދިނުމަށް،" އަފީފް ވިދާޅުވިއެވެ.

އުއްޗު އާއި އޭނާގެ ކޮއްކޮ އަފީފަށް ހާއްސަ އެވޯޑު ދިނީ "ފޭސް އޮފް ސައުތު އޭޝިއާ" ގެ ނަމުގަ އެވެ. އެ އެވޯޑު ދިނީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް އެ ދެ ބޭފުޅުން ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މި އަހަރުގެ ސާޓާ އެވޯޑު ބޭއްވީ ނޭޕާލްގަ އެވެ. އެއީ އެވޯޑު ދޭން ފެށިތާ ނުވަ ވަނަ އަހަރެވެ.

ޗަމްޕާ ބްރަދާސް އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ކުންފުންޏެވެ. އުއްޗު ގެންދަވަނީ ޓޫރިޒަމް ދާއިރާގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާއި ރިއަލް އެސްޓޭޓް އަދި ފައިނޭންޝަލް ދާއިރާގައި ވެސް ވިޔަފާރިތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު