ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު 15 ދުވަހަށް ބަންދުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ތިން ގެ ވެސް ބަލައި ފާސް ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ލ. ކަލައިދޫ، އެވާގްރީން، މުހައްމަދު އައިޝަރު ޔޫސުފް، 22، އާއި ކ. ކާށިދޫ، އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް، 19، އަދި ދ. ކުޑަހުވަދޫ، ރަނަކުރި، އިބްރާހިމް މާޖިދު، 31، ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން ގެ ބަލައި ފާސްކުރި އޮޕަރޭޝަންގައި 1142.04 ގްރާމުގެ މަސްތުވާތަކެއްޗާއި 86،000ރ. ފެނިފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ދީފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު