ޚަބަރު
ދިވެހިރާއްޖެއިން އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީ ބައިވެރިވުމަށް ރުހުން ދީފި
އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ, އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވެ އެވެ. 

އެ ނިންމުން ނިންމާފައިވާ ސަބަބެއްކަމަށް އެއިރުގެ ފޮރިން މިނިސްޓަރު އަދި މިހާރުުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް އެކަމުގެ ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާއިރު އެ މަސައްކަތުގައި އައިއޭއީއޭގެ އެހީތެރިކަން ބޭނުންވާނެތީ ކަމަށެވެ. 

އައިއޭއީއޭއާ ގުޅުމަށް ރާއްޖެއިން ނިންމާފައިވާއިރު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިފާއީ ވުޒާރާއިންކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި މަސައްކަތަކީ ދިގު މުއްދަތެއްގެ ތެރެއިން ކުރެވޭނެ މަސައްކަތެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

އައިއޭއީއޭއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު